Close

ކަރަންޓް ބިލްތަކާއި ގުޅިގެން މިހާތަނަށް ސްޓެލްކޯއަށް 6794 ޝަކުވާއެއް!

ކަރަންޓް ބިލްތައް ބޮޑުވުމާއި ގުޅިގެން މިހާތަނަށް ސްޓެލްކޯއަށް 6794 ޝަކުވާއެއް ލިބިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އޭގެ ތެރޭގައި 659 ފޯނުކޯލު ހިމެނޭ އިރު މި ހުރިހާ ފޯން ކޯލަކަށް އެޓެންޑްވެފައިވާ ކަމަށާއި، މީގެ އިތުރުންވެސް، ކަރަންޓު ބިލުތަކާއި ގުޅިގެން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް 6135 މެސެޖް ލިބިފައިވާކަމަށެވެ.

ކަރަންޓު ބިލުތަކާއި ގުޅިގެން ހުށަހަޅަން ޖެހޭ މައްސަލަތައް އެ ކުންފުނީގެ ސާވިސް ނަންބަރު ކަމަށްވާ 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، [email protected] އަށް މެއިލް ކުރުމަށް ވެސް ސްޓެލްކޯއިން އެދެއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓުބިލާއި ގުޅިގެން ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯއިން ޝަކުވާ ހުށައެޅުމަށް އެދިފައިވަނީ މިފާއިތުވި މަހު އެކުންފުނިން ގޭގެއަށް ފޮނުވި ކަރަންޓް ބިލްތައް ބޮޑުވެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top