Close

މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ނިހާން!

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އައްޔަން ކޮށްފިއެވެ.

ނިހާން މި މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ މަޖިލީހުގެ ރައީސްގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ތިން މުވައްޒަފަކު ނެގުމުގެ ބާރު މަޖިލީހުގެ ރައީސްއަށް އޮވެއެވެ.

ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ފާތިމަތު މުހައްމަދު ސޯލިހުއެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސެކްޓްރީއަކަށް ހުންނެވުމަށްފަހު މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ ދައުރުގައެވެ.

ނިހާން އެ މަގާމަށް ހަމަޖެއްސެވުމުން އޭނާ ވަނީ އިއްޔެއިން ފެށިގެން ވަޒީފާއަށް ނިކުންނަން ފަށްޓަވާފައި ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ނިހާން އަކީ 2009 އަކުން 2014 ވިލިމާފަންނު ދާއިރާގެ މަޖިލިސް މެމްބަރުކަމާއި 2014 އިން 2019 އަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top