Close

މަޖިލީހުގެ ރަސްމީ ރިޔާސަތު ނެތް ވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް ބޭފުޅުން އައްޔަނުކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ރިޔާސަތު ނެތް ވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ވާގޮތުން ނަމަ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރިޔާސަތާ ހަވާލުވާ ފަސް މެންބަރުން ވާން ޖެހޭނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެންބަރުންނަށެވެ.

އަދި، އެ މެންބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ ފަސް މެންބަރުންގެ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެންކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވެއެވެ.
މީގެއިތުރުން މަޖިލީހުގައި މެމްބަރު ޚިދްމަތް ކުރެއްވި މުއްދަތު އެއްވަރު ވާނަމަ ދެން އިސްކަންދޭނީ މެންބަރުންގެ އުމުރުގެ ދޮށީ ކަމަށެވެ. އަދި އެގޮތަށް ނަންތައް ތަރުތީބުކުރާނީ މަޖިލީހުގެ ރައީސް ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން 20 ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ކަނޑައަޅުއްވައިފައިވާ ބޭފުޅުންނަކީ
މަޖިލީހުގައި މެދުނުކެނޑި 19 އަހަރާއި ތިން މަސް ދުވަހު ޚިދްމަތް ކުރެއްވެވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، މަޖިލީހުގައި މެދުނުކެނޑި 15 އަހަރު ޚިދްމަތް ކޮށްދެއްވައިފައިވާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގެ އިތުރުން މަޖިލީހުގައި މެދުނުކެނޑި 15 އަހަރު ޚިދްމަތް ކޮށްދެއްވައިފައިވާ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ހަމަ މިއާއި އެކު މަޖިލީހުގައި 15 އަހަރު ޚިދްމަތް ކޮށްދެއްވައިފައިވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި 10 އަަހަރު މަޖިލީހުގެ ޚިދްމަތުގައި ހޭދަކުރެއްވެވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤެވެ.
މެމްބަރު ސިޔާމް، މެމްބަރު ޤާސިމް، އަދި އަބްދުލްޣަފޫރަކީ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ރިޔާސަތު ބެލެހެއްޓެވިބޭފުޅުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top