ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާ އައްޔަނު ކުރައްވައިފިއެވެ.
މިމަޤާމަށް ޙަބީބާ އައްޔަނުކުރައްވައިފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒެވެ. ޙަބީބާ އަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވައިފައިވަނީ ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ މުޢިއްޒު ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަބީބާ އާއި ހަވާލުކުރައްވާފައެވެ.
ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.






