ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް 2 ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރައްވައިފައިވަނީ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ އާދަމްއެވެ.
ޖުޑިިޝަލް ސާވިސް ކޮމިޝަނަށް މިދެބޭފުޅުން އައްޔަނު ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ.
ޢަބްދުއްރަޙީމް ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. އަދި ރިޒާ ރިޟާ ޢައްޔަންކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
މިދެބޭފުޅުންނަށް މަޤާމުގެ ހުވައިލައިދެއްވައިފައިވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މެމްބަރު ޢަބްދުއް ރަޙީމް އާއި ރިޒާ އަށް ރައީސް ޑރ.މުޢިއްޒު ވަނީ އަރުވާފައެވެ.






