Close

މަސްތުވާ ތަކެތީގެ މައްސަލަ ހައްލުކުރެވޭނެ، މިސަރުކާރުން މިމައްސަލަ ހައްލުކުރާނެ: ވަޒީރު އިޙްސާން

މަސްތުވާ ތަކެތީގެ މައްސަލަ ހައްލުކުރެވޭނެ ކަމަށާއި މިސަރުކާރުން އެމައްސަލަ ހައްލުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އުފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިޙްސާން ވިދާޅުވީ، އެ ޕްލޭންގައި ކްރައިމް ފޯލަސްޑް ޕޮލިސީގައި އިސްކަމެއްދޭ 10 ކަމެއް ހިމަނުއްވާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ގޭންގުތައްް ހަދައިގެން ރާއްޖޭގެ އަމާންކަން ނަގާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުންކަން އިޙްސާން ފާހަގަކުރެއްވިއެވެ.

އިޙްސާން ވިދާޅުވީ މިއަދު އޮތީ 10 ގޭންގު ކަމަށް ވަންޏާ އެއަދަދު 3 އަށް ބަދަލު ކުރުމަކީ މިސަރުކާރުގެ އަމާޒު ނޫން ކަމަށެވެ. އަދި މިސަރުކާރުގެ އަމާޒަކީ 10 ގޭންގުވެސް އެއްކޮށް ނެތިގެން ދިޔުންކަމަށެވެ. އަދި ޓާގެޓަކީ ގޭންގް ކުށްތަށް އެއްކޮށް ނައްތައިލުން ކަމަށެވެ.

މިއާއެކު އިހްސާން ވިދާޅުވީ ޑްރަގުގެ މައްސަލައަކީ ހައްލު ނުކިރެވޭނެ ކަމެއް ކަމަށް ގިނަ ފަރާތްތަކަށް ހީވާ ކަމަށެވެ. އަދި އެހެން ހީވުމުގެ ސަބަބުންވެސް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ނުކުރެވޭ ކަމަށާ، އެހެން ނަމަވެސް އެއީ ވާނެ ކަމެއް ކަމަށް ގަބޫލު ކޮށްގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އިހްސާން ވިދާޅުވިގޮރުގައި މީގެ ކުރީ ސަރުކާރުތަކަށް އެ މައްސަލަ ހައްލު ނުވީ “ޕޮލޮޓިކަލް ވިލް” ނެތުމުން ކަމަށާ، އެހެން ނަމަވެސް، މިސަރުކާރުގެ “ޕޮލިޓިކަލް ވިލް” އޮތް ކަމަށެވެ.

އިހްސާން އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިއަކީ ޓްރޭޑް ކުރުމުގެ ވިޔަފާރި ފަދައިން ހުއްދަ ކަމެއްގެ ގޮތުގައި ރާއްޖޭގައި ކުރަމުންދާ ކަމެއް ކަމަށެވެ. އެގޮތުން “ކަންމަތީ ފިހާރަ ހިންގާ އުސޫލުން” ޑްރަގް ވިޔަފާރި ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިހްސާން ވިދާޅުވީ، މަސްތުވާތަކެތި ވިއްކާ މީހާއަށް ނުވަތަ އެ ބޭނުން ކުރާ މީހާއަށް މިއަދު މިބރާއްޖޭގައި އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ މާހައުލު ނައްތާލަންޖެހޭ ކަމަށާއި، ރާއްޖޭގައި ޑްރަގުގެ މާހައުލަކީ އޮވެގެންވާނެ މާހައުލެއް ނޫންކަމަށެވެ.

އަދި އެއީ މި ސަރުކާރުން “ޓޮލަރޭޓް” ކުރާ ކަމެއް ނޫން ކަމަށާ، ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެ މައްސަލަ ހައްލު ކުރުމަކީ އަމާޒު ކަމަށްވެސް އިހްސާން ވިދާޅުވުއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top