Close

މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ދައުލަތަށް 14.8 ބިލިއަން ރުފިޔާ ލިބިފައިވޭ!

މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ދައުލަތަށް 14.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހާމަކުރާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި، ނިމިދިޔަ މެއި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިފާއިތުިވި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 707 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.1 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭގައި އާމްދަނީ ގޮތުގައި ލިބުނު ރުފިޔާގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 12.1 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 2.6 ބިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 155.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އޭގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 12.1 ބިލިއަން ރުފިޔާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހާއި އަޅާ ބަލާއިރު، މިއަހަރުގެ ޚަރަދުތައް ކުޑަކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top