Close

ޓައިގާ ޕޮއިންޓަކަށް ޑައިވިނަށްދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ!

ޓައިގާ ޕޮއިންޓަކަށް ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު ޙާލު ދެރަވެ މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ޓައިގާ ޝާކު ޕޮއިންޓަށް ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު ޑައިވިން ނިންމައި، ދޯންޏަށް އެރި ފަހުން ހާލުދެރަވުމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 11:26 ގައި މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، ނިޔާވެފައިވަނީ ޗައިނާ އަށް ނިސްބަތްވާ 70 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top