Close

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި!

ހިޔުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި، ބުނެފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވާކަމަށެވެ.

އެޗްއާރްސީއެމް މެމްބަރެއްގެ މަގާމް ހުސްވެފައިވާތާ އަހަރަކަށްވުރެ ގިނަދުވަސްވަނީ ވެފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެޗްއާރްސީއެމްއަކީ އިންސާނީ ޙައްގުތައް ކަށަވަރުކޮށް ރައްކާތެރިކޮށްދިނުމަށް 2003ވަނަ އަހަރު ސަރުކާރުން އުފެއްދެވި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ، މިނިވަން ކޮމިޝަނެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top