ރައްޔިތިންގެ މަޖިލީހުގެ ރައީސް ކަން ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ލިބުމާއި ގުޅިގެން އެކަމުގެ އުފާފާޅު ކުރުމަށް ލ.ފޮނަދޫގައި މިރޭ ހަވާއެރުވުމަށް ނިންމައިފިއެވެ.
މިރޭ ފޮނަދޫގައި ހަވާ އެރުވުމުގެ ތައްޔާރީތައް ވަމުން ދާއިރު މިއަދު އަބްދުއްރަޙީމް، ލާމު އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔުމަށް، ޕީއެންސީގެ ސަޕޯޓަރުން ދަނީ ތައްޔާރުވުމުންނެވެ.
މިރޭ އޮންނަ ހަވާ އެރުވުމުގެ އިތުރުން ލާމު އަތޮޅު ރައްޔިތުންނަށް ޚާއްޞަ ބޮޑުކެއުމެއް ވެސް އެރުވުމަށްް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމުން، އުފާފާޅުކުރުމަށް ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ލާމު އަތޮޅަށް ވަޑައިގަންނަވާނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.







