ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދުގެ ދޮންބައްޕަ ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނިޔާވެއްޖެއެވެ.
ދ މިދޫ ގުލްޝަންކިނާރާ އަލީ އިބްރާހިމް، ދޮން އަލިބެ ނިޔާވި ޚަބަރު ރައީސް ޑރ މުޢިއްޒު ވަނީ އެކްސްގައި ހިއްސާކުރައްވައިފައެވެ. އަދި ވީހާވެސް ގިނަ ބަޔަކު ކަށުނަމާދުގައި ބައިވެރިވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މެޑަމް ސާޖިދާގެ ދޮން ބައްޕަ ނިޔާވުމާއި ގުޅިގެނ ްވެރިކަންކުރާ ޕާޓީ ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
ދޮން އަލިބެގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގަ އެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ މަރުކަޒުގަ އެވެ






