Close

ޙައްޖު ކިއުއަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނެ: ޝަކީލް

ޙައްޖު ކިއުއަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނެ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ އެކްސްގައި އޭނާ ކުރެއްވެވި ޕޯސްޓެއްގައެވެ.

ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން، އެއްވެސް ފަރާތެއްގެ ނުފޫޒެއް ޙައްޖު ކިއު އަށް ނުފޯރުވޭނެކަމަށެވެ.

އަދި 1445 ވަނަ އަހަރު ޙައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ފުރުސަތުވަނީ ދެވިފައިވާކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަކީލް ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ރަސްމީ 1000 ކޯޓާއިން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން، އެހީތެރިންގެ ގޮތުގައި، ދާ ޙައްޖު ކޯޕަރޭޝަންގެ 3 މުވައްޒަފުން ފިޔަވާ ހުރިހާ ޙައްޖުވެރިން މައްކާއަށް ގޮސް، ވަނީ ޢުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top