Close

މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން އިންޑިޔާގެ ގޯ އެއަރގެ މައްޗަށް ޙުކުމް ކޮށްފި!

މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން އިންޑިޔާގެ ގޯ އެއަރގެ މައްޗަށް ޙުކުމް ކޮށްފިއެވެ.

އިންޑިއާގެ ގޯ އެއާއިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް 3.6 މިލިއަން ޑޮލަރު ދައްކަން ޙުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ނިިޔަލަށް އިންޑިއާގެ ގޯ އެއާއިން ދައްކަން ޖެހޭ ފީއަކާއި ޓެކުހެއް މީރާއަށް ދައްކާފައިނުވާތީއެވެ.

އެގޮތުން ގޯ އެއާއިން މީރާއަށް ދައްކަންޖެހޭ ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކުހާއި ޑިވެލޮޕްމެންޓް ފީ މީގެ ތެރޭގައި ހިމެނެއެވެ.

މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ގޯ އެއާއަށް ތިން ފަހަރެއްގެ މަތިން ދައުވާ ރައްދުކުރަން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އެކުންފުނީގެ އެޑްރެސްގެ ގޮތުގައި ކަނޑައަޅާފައިވާ މ.ނަރުގިސްއަށް ދައުވާ ފޯމް ފޮނުވުމުން އެ ކުންފުނިން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށް ސިވިލް ކޯޓުން ހާމަ ކުރިއެވެ.

އެހެންކަމުން ގޯ އެއާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.

3.6 މިލިއަން ޑޮލަރަކީ ދިވެހި ފައިސާއިން ބަލާނަމަ 55.5 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top