އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ޤާއިމު ކުރުމަށް ވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދުއެވެ.
މިއެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޝުޢާއުއެވެ. އަދި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ސާމިޙް އާދަމް އެވެ.
އައްޑޫގައި ގާމެންޓް ފެކްޓަރީއެއް ޤާއިމުކުރުމަށް އެއްބަސްވެފައި ވަނީ، ރާއްޖޭގައި ސިނާޢީ ފެންވަރެއްގައި ފެހުމުގެ މަސައްކަތް ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް އިތުރު ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ޓަކައި، ރައީސް ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.







