Close

އީދުބަންދުގައި ޕާސްޕޯޓް ދޫކުރާނެ ދުވަސްތައް އިޢްލާނު ކޮށްފި!

ޢީދުބަންދާއި ދިމާކޮށް ޕާސްޕޯޓް ދޫކުރާނެ ދުވަސްތައް އިމިގްރޭޝަން އިން އިޢްލާނުކޮށްފިއެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަހުގެ 17 އިން 20 އަށް އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ.

މި ދުވަސްތަކުގައި އެމަޖެންސީ ހާލަތެއް މެދުވެރުވެގެން ނުވަތަ 65 އަހަރުން މަތީގެ ބޭފުޅުންނަށް އިމިގްރޭޝަނަށް ހާޒިރުވެ އޮންލައިން ކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނީ ހެނދުނު 9:00 އަކުން ފެށިގެން މެންދުރު 13:00 އަށް ކަމަށް ވެސް އިމިގްރޭޝަން ގެ ޕޯސްޓްގައި ވެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، އީދު ބަންދުގައި، ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 16:00 އަށް ކަމަށާއި، ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށެވެ. އަދި މެންދުރު 12:00 އިން 12:45 އާއި ދެމެދު ނަންބަރު ދޫކުރުން މެދުކެނޑޭނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top