Close

ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުރުކުރުވުމަށް ކެމްޕޭނެއް ފަށައިފި!

ކުޑަކުދިންގެ ދުންފަތުގެ އިސްތޢުމާލު ކުރުމާއި ދުރުކުރުވުމަށް ކެމެޕޭނެއް ފަށައިފިއެވެ.

ސިއްޙީ ވުޒާރާއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ކެމްޕެއިން އިފްތިތާޙިކޮށްފައިވަނީ، މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ، "ކުޑަކުދިން ދުންފަތުގެ ޞިނާޢަތުން ސަލާމާތްކޮށް ދަފަރާކުރުން" އާ ގުޅުވައިގެންނެވެ.

މި ކެމްޕޭނަކީ އެއް އަހަރު ދުވަހުގެ ނިޔަލަށް، ހިންގުމަށް ހަމަ ޖެހިފައިވާ ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެކެވެ.

"ދަފަރާ ކެމްޕެއިން" އިފުތިތާހުކޮށްފައިވަނީ، ނ.މަނަދޫގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާއަކީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ 31 މެއިގެ ހަރަކާތްތައް ރަސްމީގޮތެއްގައި ފާހަގަ ކުރުމަށް ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅޭ ގޮތުން މަނަދޫގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ހަރަކާތްތަކުގެ ތެރޭގައި، ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން "ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން" ޓްރެއިން އޮފް ޓެރެއިނާސް ސެޒޭޝަން ވޯކްޝޮޕެއް ބާއްވާ، ނ.އަތޮޅުގެ އެކި އިދާރާތަކުގެ އިސްބޭފުޅުންނަށް ދުންފަތުގެ ގާނޫނާއި ޤަވާއިދު ތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން ދުންފަތު އިސްތިޢުމާލު ކުރުމުގެ ނުރައްކަލާމެދު ބެލެނިވެރިން އަހުލުވެރިކުރުމަށް ސެޝަންއެއް ބާއްވާ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުވައިގެން ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި މަނަދޫގެ އެކިއެކި އިދާރާތައް ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top