ދެފުލުހުކަށް ހަމަލާދިން އަންހެނެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ދެ ފުލުހުހަކަށް ހަމަލާދިން މައްސަލަގައި ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ ހަމަލާދީފައިވަނީ އެނާ، ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް އުޅޭތީ އޭނާ ކައިރިއަށް، ދިޔަ ދެ ފުލުހަކަށްކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ ހަމަލާ ދިނީ، އަންހެން ފުލުހަކަށާއި ފިރިހެން ފުލުހަކަށެވެ.
މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، މިހާރު އެ އަންހެން މީހާގެ ބަންދަށް ވަނީ، ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައެވެ.






