Close

އެމްއެމްޕީއާރްސީގެ ޑިރެކްޓަރަކަށް ޝިޢުރީ އައްޔަނުކުރައްވައިފި!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑިރެކްޓަރަކަށް އިބްރާހިމް ޝިޢުރީ އައްޔަންކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން، އެމް.އެމް.ޕީ.އާރު.ސީ ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް ގ. ގޯލްޑަން ހައުސް އަލްފާޟިލް އިބްރާހިމް ޝިޢުރީ އައްޔަނުކޮށްފައިވާ ކަމަށެވެ.

ޝިޢުރީއަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަޤާމު އަދާކުރައްވަމުން ދިޔަ ބޭފުޅާއެވެ. އޭނާ މީގެ ކުރިން ވަނީ، ވޯލްޑް ބޭންކު “އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް” ޕްރޮޖެކްޓެއްގެ ސްޓިއަރިން ކޮމިޓީ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޝިޢުރީ އައްޔަންކުރައްވާފައިމިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ފާތިމަތު ތައުފީޤް ވަކިކުރެއްވިތާ 20 ވަރަކަށް ދުވަސް ފަހުންނެވެ.

ފާތިމަތު ތައުފީޤް އެ މަޤާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top