Close

އޮޕަރޭޝަން ކުރަނގީގެ ދަށުން 805 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށްފި!

“އޮޕަރޭޝަން ކުރަނގި”ގެ ދަށުން ޤަވާއިދާއި ޚިލާފަށް އުޅޭ 805 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށް ޖަމާކޮށްފިކަމަށް

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން "އެކްސް" ގައި ކުރި ޕޯސްޓްގައި ބުނެފައިވަނީ ކ.މާފުށީގައި ފެށި އޮަޕަރޭޝަން ކުރަނގިގެ ދަށުން މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.

މާ ފުށީގައި އޮޕެރޭޝަން ކުރަނގި ފަށާފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އޮޕަރޭޝަން "ކުރަނގި" ރަސްމީ ގޮތެއްގައި، ފަށާފައިވަނީ މެއި މަހުގެ ދެވަނަ ދުވަހު ކ. ހިންމަފުށީގައެވެ. އެ ރަށުގައި ދިރިއުޅޭ 532 ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަން ހަދަން ބޭނުންވާ ފޮޓޯ ނަގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކޮށްފައިވާނެކަމަށް މީގެ ކުރިން މިނިސްޓަރީން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top