މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
ޕާކުކޮށްފައި ހުރި ސައިކަލުތަކުގައި އަލިފާން ރޯވެ ފަސް ސައިކަލެއް ގައި ރޯވެ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ ރޭ 00:37 ހާއިރު ކަމަށެވެ.
އަދި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާ މިގޮތުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 00:42 ހާއިރު ކަމަށެވެ.
މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި ކަމަށާ އެހެން ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ޕާކު ކޮށްފައި ހުއްޓާ ރޯވި ސައިކަލުތަކުގައި މީހަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެފައިވަނީ ، ސައިކަލު ތަކުގައި މީހަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އައީ “އެކްސިޑެންޓަލް” ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވުދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުނެނެވެ.






