Close

ޙައްޖުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސަވައިދެއްވީތީ ރައީސް ޑރ މުޢިއްޒުގެ ޝުކުރު ސަޢުދީ ސަރުކާރަށް!

ޙައްޖުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ސަޢުދީޢަރަބިއްޔަގެ ސަރުކާރަށް ޝުކުރުދަންނަވައިފިއެވެ.

ރައީސް ޑރ މުޢިއްޒު ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސް ޑރ މުޢިއްޒުގެ ސިޓީފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި މުސްލިމު އުންމަތަށް ޞުލްޙަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.

މީގެ އިތުރުން އަޟްޙާ ޢީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސަޢޫދީ ވަލީއަޙްދާއި ސަޢޫދީ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ފޮނުވާފައިވެއެވެ.

ރައީސް މުއިއްޒުގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ސަޢޫދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ އަދި ސަޢޫދީ ވަލީއަޙްދަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top