Close

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޢިއްޒުއްދީން މަގު އަލުން މަރާމާތުކުރަނީ!

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޢިއްޒުއްދީން މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރާމާތުކުރުމުގެ ގޮތުން، މ. އިއްޒުއްދީންމަގު (ފަލާހުޕުރީސްކޫލް) ކުރިމަތި ރޫޅަމުންދާ ކަމަށެވެ.

ޢިއްޒުއްދީން މަގަކީ ފެން ހިނދުން ލަސްމަގެއްކަން ޢާޒިމް ވަނީ ފާހަގަކުރައްވައިފައެވެ. ޢާޒިމް ވިދާޅުވީ އެ މަގު ހަދާ ނިމުމުން މިމައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

އަދި ފެންބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި، ސްކޫލް ކުދިންނަށް ވަމުންދާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަންވެސް މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، މޭޔަރު އާޒިމް ވިދާޅުވީ، އެ މަގު ފަދައިން، ފެންހެދޭ އެހެން މަގުތައްވެސް މަރާމާތުކޮށް މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދާނެ ކަމަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި، މާލެ ސިޓީ ކައުންސިލުން އިސްނަންގަވައިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top