ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަސައްކަތުގައި އުޅެނިކޮށް މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ، ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީ އަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބިދޭސީ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ނިޔާވެފައިވަނީ އިންޑިއާގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ މާޗު މަހު ފެށި ސިނަމާލެ ބްރިޖުގެ މަރާމާތުގެ މަސައްކަތް ކުރަމުންދަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީންނެވެ.






