Close

ސައުދީގައި ފަލަސްތީނުގެ ދައުލަތެއް އުފައްދަން ނަތަންޔާހޫ ގޮވާލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

FILE - Israeli Prime Minister Benjamin Netanyahu speaks during a press conference in Jerusalem, Dec. 9, 2024. (AP Photo/Maya Alleruzzo, Pool, File)

ސައުދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތް ގާއިމް ކުރުން ރަނގަޅުވާނެ ކަމަށް ބުނެ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ނަތަންޔާހޫ ދެއްކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް އެދޭނަމަ، ސައުދީ އަރަބިއްޔާގައި ބޮޑެތި ބިންތައް އެބަހުރި ކަމަށާއި އެ ތަނުން ބިމެއްގައި އެ ދައުލަތް ގާއިމްކޮށް ދިނުން ރަނގަޅުވާނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފަ އެވެ.

ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސަލާމަތާއި ސަރަހައްދީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ރާއްޖޭން ބަލައިނުގަންނާނެ ކަމަށާއި އެފަދަ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އަދި އދ. ގެ ޗާޓަރާ ވެސް ސާފު ހިލާފު ކަމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

އެފަދަ ވާހަކަތަކަކީ ހަމައެކަނި ސައޫދީ އަރަބިއްޔާގެ މިނިވަންކަމަށް އަރައިގަތުން ނޫން ކަމަށާއި އެއީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިންކާރު ކުރުމުގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް، އިރުމަތީ ގުރުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށް ކަމުގައި ބަލައިގެން، ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ހައްގު ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ސަރަހައްދުގެ ހަމަޖެހުމަށް ނުރައްކާވާ ފަދަ ގޮތަށް ދައްކާ ވާހަކަތަކަށް ފިޔަވަޅު އަޅަން ވެސް ރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުއަށް އެ ބަޔާނުގައިވަނީ ގޮވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top