Close

ރޯދަ މަހު ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތަކުން ހިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.

އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހުގެ ރޭތަކުގައި ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އިއުލާނުގައިވާ ގޮތުން ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް، ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކުން ހިދުމަތް ދެވޭނެ ގަޑިތައް ސަރުކާރުން ކަނޑައަޅަ އެވެ

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top