Close

ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅޭ ގޮތަށް އުސޫލެއް އެކުލަވައިލާން އެދިއްޖެ

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިން އަދި ހެދުންއެޅުމުގެ އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ. އެ ގަރާރު ހުށަހަޅަމުން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ޖެނެރަލް ސެކްރެޓްރީގެ މަގާމުވެސް އަދާކުރަމުންދާ މަޓޭ ވިދާޅުވީ ޓޫރިސްޓު ހޮޓާތަކާއި އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާން ޖެހޭ ޑްރެސްކޯޑެއް އަދި މިހާތަނަށް  އެކުލަވަލައިފައި ނެތުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

އެގޮތަށް އުސޫލެއް ނެތުމުގެ ސަބަބުން އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އުޅޭ މާހައުލުގައި އުޅޭ އުޅުމުގައި ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުމާއި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އާއްމު މިންގަނޑެއް އެކުލަވައިލަން މަޓޭގެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top