ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާޗް ސެންޓަރު މިއަދު ވަނީ ރަސްމީކޮށް ހުޅުވާލައިފައެވެ. މި ސެންޓަރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިގް އިބްރާހިމް އާއި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.
ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރިއެރުވުމަށްޓަކައި ގާއިމުކުރެވުނު މި މުހިންމު މަރުކަޒުގެ ސަބަބުން، ދިވެހިންނަށް ރާއްޖޭގެ އަތޮޅުތަކުގެ ގުދުރަތީ ވެށި (އީކޯސިސްޓަމް) އަދި ކަނޑުފަޅު ރައްކާތެރިކުރުމާ ގުޅޭ ދިރާސާތައް ކުރުމުގެ ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، މި ސެންޓަރުގެ ސަބަބުން ދިވެހި ކަނޑުގެ ދިރުންތަކާއި، ކަނޑުގެ ވަށައިގެންވާ މާހައުލާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދައި، އެ ތަކެތި ދެމެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ހައްލުތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
ސެންޓަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، "މި ސެންޓަރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުންތައް ދިރާސާކޮށް، އެތަންތަން ދެމެހެއްޓުމަށް ކުރެވެންހުރި މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ" ކަމަށެވެ. އަދި މިފަދަ ދިރާސާތަކުގެ ނަތީޖާއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީއަށް ކުރާ މަސައްކަތަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މެރިން ރިސާޗް ސެންޓަރާއެކު ރާއްޖެއަކީ ކަނޑުގެ ދިރާސާތައް ކުރާ ބައިނަލްއަގުވާމީ މުހިންމު މަރުކަޒެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ އުންމީދު ފާޅުކޮށްފައެވެ.






