Close

އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 9 އިންސައްތައަށް އިތުރުވެއްޖެ

ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 9 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް 192،058 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި އޮގަސްޓް މަހު އެވްރެޖްކޮށް ދުވާލަކު 6،195 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ޖުމްލަ 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 235،245 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 177،581 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އިނގިރޭސިވިލާތުން 134،114 ފަތުރުވެރިންނާއެކު، އެޤައުމު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރެއިން ތިންވަނައިގައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ދަނީ އިތުރަށް ކުރިއަރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top