Close

ޑަބްލިޔުއެޗްއޯއިން ހުއްދަދިން ފުރަތަމަ ވެކްސިންއަކަށް ފައިޒަރ ވެކްސިން

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން އިމަޖެންސީ ހާލަތުގައި ކޮރޯނާވައިރަސް އާއިދެކޮލަށް ބޭނުންކުރުމުގެ ހުއްދަ ދިން ފުރަތަމަ ވެކްސިން އަކަށް ޖަރުމަނުވިލާތުގެ ބަޔޯއެންޓެކާއި އެމެރިކާގެ ފައިޒަރއާއި ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ވެއްޖެ އެވެ.

މިއީ، ޑަބްލިޔޫއެޗްއޯގެ "އިމަޖެންސީ ޔޫސް ލިސްޓިންގ" ގައި ހިމެނުނު ފުރަތަމަ ކޮވިޑް ވެކްސިނެވެ.

ފައިޒަރ ވެކްސިން ހުއްދަކުރުމާ ގުޅިގެން ޑަބްލިޔޫއެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ފޮރ އެކްސަސް ޓު މެޑިސިން އެންޑް ހެލްތު ޕްރޮޑަކްޓްސް ޑރ. މަރިއަންޖެލާ ސިމާއޮ ވިދާޅުވީ، މިއީ، ގައުމުތަކަށް ކޮވިޑް ވެކްސިން ލިބިދިނުމަށް މަގުފަހި ކުރުމަށް ކުރެވޭ މަސައްކަތުގައި  އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް ގައުމުތަކަށް ހަމަހަމަކަމާއިއެކު ވެކްސިން ފޯރުކޯސްދިނުމަށް ގިނަމަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް ޑރ. މަރިއަންޖެލާ ސިމާއޮ ވަނީ ވިދާޅުވެފައެވެ.

ފައިޒަރ ވެކްސިނަށް ޑަބްލިޔޫއެޗްއޯއިން ހުއްދަ ދިންއިރު، އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއާއި، ބޭސް އުފައްދާ ކުންފުނި، އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީކުރި ކޮވިޑް ވެކްސިން، އިމަޖެންސީ ބޭނުންތަކުގައި އިންޑިއާގައި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެއިތުރުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސިނޮފާރމްއިން އުފެއްދި ކޮވިޑް-19 ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ އެގައުމުންވެސް ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top