Close

ލ.ގަން ފުޓްބޯޅަ ސްޓޭޑިއަމް ރައީސް ހުޅުއްވައިދެއްވައިފި

ލ. ގަމުގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަ ސްޓޭޑިއަމް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވާދެއްވައިފި އެވެ.

މިއީ މި ސަރަހައްދުގައި ތަރައްގީކޮށްފައިވާ އެންމެ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެވެ.  މިއީ ފީފާ ސްޓޭންޑަޑަށް ތައްޔާރުކޮށްފައިވާ ފުޓްބޯޅަ ދަނޑެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެެވެ.

ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ހިންގާއިރު ލާމަރުކަޒީ ނިޒާމެއްގެ ދަށުން ކަންކަން ރޭއްވުމަށް ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފަށް ދަންނަވާކަމަށެވެ.

މަހްލޫފް ވިދާޅުވީ މިއަދު ހުޅުވުނު ދަނޑަކީ ކުރިއަށް އޮތް އޭއެފްސީ ކަޕްގެ މެޗުތައްވެސް ކުޅޭނެ ދަނޑެއް ކަމަށެވެ.

ލ. ގަން ފުޓްބޯޅަ ސްޓޭޑިއަމަކީ ޓާފް އެޅުމަށާއި ސަބް ބޭސްގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 574،42948.6  ރުފިޔާ ހަރަދު ކޮށްގެން އެމްޓީސީސީ އާއި އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.

މި ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް  އެމްޓީސީސީ އާއި ހަވާލު ކުރީ 11 ސެޕްޓެމްބަރު 2019 ގައެވެ. ޓާފް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހާވާލުކުރެވުނީ 23 އޮކްޓޯބަރ 2019 ގައެވެ.  ގަން ސްޓޭޑިއަމްގެ މަސައްކަތް ނިންމާފައިވަނީ 15 ނޮވެމްބަރު 2020 ގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top