Close

އޮސްޓްރޭލިއަން އޯޕަން ޖޮކޮވިޗް ކާމިޔާބު ކޮށްފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ.

މި ވަގުތު ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ މި މުބާރާތުގައި ސީޑް ކޮށްފައި ވަނީ ވެސް އެއްވަނާގައެވެ. ފައިނަލްމެޗު ޖޮކޮވިޗް ކާމިޔާބު ކޮށްފައިވަނީ މި މުބާރާތުގެ ހަތަރު ވަނައަށް ސީޑް ކޮށްފައިވާ އުމުރުން 25 އަހަރުގެ ރަސިޔާގެ މެޑްވެޑޭވް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގައި ޖޮކޮވިޗްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ސެޓް 7-5 އިން ނިމުނު ނަމަވެސް، ޖެހިގެން އައި ދެ ސެޓް ޖޮކޮވިޗް ކާމިޔާބު ކޮށްފައިވަނީ ފަސޭހަކަމާއި އެކުގައެވެ. އެ ދެ ސެޓް ޖޮކޮވިޗް ގެންގޮސްފައިވަނީ 6-2 ، 6-2 ގެ ނަތީޖާއަކުންނެވެ.

މިއީ އުމުރުން 33 އަހަރުގެ ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރި 9 ވަނަ ފަހަރެވެ. ޖޮކޮވިޗް މި މުބާރާތް ކާމިޔާބު ކޮށްފައިވާ އަހަރުތަކަކީ 2008، 2011، 2012، 2013، 2015، 2016، 2019، 2020، އަދި 2021 އެވެ.

މިއީ ޖޮކޮވިޗް ކާމިޔާބުކުރި 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އެންމެ ގިނައިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވަނީ ސްވިޒަލެންޑްގެ ރޮޖަރ ފެޑްރާއާއި ސްޕެއިންގެ ރަފޭލް ނަޑާލްއެވެ. މި ކޮންމެ ކުޅުންތެރިއަކު ވަނީ 20 ގްރޭންޑް ސްލޭމް މުބާރަތް ކާމިޔާބު ކޮށްފައެވެ.

ފައިނަލް މެޗުން ބަލިވި މެޑްވެޑޭވް ވަނީ މި މެޗުން ބަލިވުމުގެ ކުރިން ބަލިނުވެ 20 މެޗު ހަމަކޮށްފައެވެ. މިއީ އޭނާ ވާދަކުރި ދެވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ.  2019 ވަނަ އަހަރު ޔޫއެސް އޯޕަން ފައިނަލްގައި ނަޑާލްއަތުން ވެސް މެޑްވެޑޭވް ވަނީ ބަލިވެފައެވެ.

ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަނަނަ މެޑްވެޑޭވް އަށް އަދި ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top