Close

ދެއްވަދޫ އަނެއްކާވެސް މޮނީޓަރިން އަށް

ގއ. ދެއްވަދޫ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ދެއްވަދޫ މޮނިޓަރިން އަށް ލީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައް ބެލުމަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ.

އެމީހާ ކަރަންޓީނުގައި ހުރި އިރު ބައެއް މީހުންނާ ކޮންޓެކްޓުވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމަށް އެރަށް މޮނީޓަރިން އަށް ލީ ކަމަށްވެސް އެޗްއީއޯސީ އިން ބުނެފައިވެއެވެ.

މީގެ ކުރިންވެސް އެރަށުންވަނީ 95 މީހަކު ބައްޔަށް ޕޮޒިޓިވްވި ވެފައެވެ. އެފަހަރު ދެއްވަދޫއިން ކޮވިޑް ކޭސްތަކެއްފެނި ރަށް މޮނީޓަރިން އަށް ލުމަށްފަހު މޮނީޓަރިން އުވާލީ މަހެއް ފަހުންނެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 19،979 އަށް އަރައިފައެވެ. މިވަގުތު 2،567 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 181 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

ބަލީގައި މިހާތަނަށް 62 މީހުން ރާއްޖެއިން މަރުވެފައިވެއެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 17،343 އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top