Close

ދެކުނު މީހުން: އިންޑިއާގެ އެއިމްސްގެ ރެޒިޑެންޓް ޑޮކްޓަރ އެސޯސިއޭޝަނަށް އަލީ އިޔާޒް

“އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް”(އެއިމްސް) ގެ ރެޒިޑެންޓް ޑޮކްޓަރ އެސޯސިއޭޝަން (އާރުޑީއޭ) ގެ އިންޓާން ރެޕްރެޒެންޓޭޓިވްގެ މަގާމަށް އައްޑޫ ޒުވާނެއްކަމަށްވާ ޑރ އަލީ އިޔާޒް ރާޝިދު ހޮވައިފި އެވެ.

އައްޑޫސިޓީ މަރަދޫފޭދޫއަށް އުފަން ޑރ އަލީ ނިޔާޒް އަކީ އިންޑިއާގެ ދިއްލީގައި ހުންނަ އެއިމްސްގެ އިންޓާންގައި މަސައްކަތް ކުރައްވަވަމުން އަންނަ ޒުވާނެކެވެ.

ޑރ އަލީ އިޔާޒް ރާޝިދު މި މަގާމަށް ހޮވިފައިވަނީ ޑރ އަދިތިޔާ އަގަރަވާލް އާއި ވާދަ ކޮށް 318 ވޯޓުގެ ތަފާތަކުންނެވެ. މިމަގާމަށް ވާދަކުރެއްވީ 2 މީހުންނެވެ.

އަލީ އިޔާޒް އިންޑިޔާއަށް ކިޔަވަން ދިޔައީ 2016 ވަނަ އަހަރު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން މެޑިސިން ހަދަން ރާއްޖޭގެ 4 ދަރިވަރަކަށް ލިބުނު ސްކޮލަރޝިޕް ފުރުސަތުގެ ދަށުން ނެވެ.

އަލީ އިޔާޒް މިއަހާރު އަންނަނީ ކިޔެވުން ފުރިހަމަކޮށް އިންޓާން ގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published.

scroll to top