Close

ޗައިނާގެ އެހީގައި ވޭމަންޑޫގައި ފަތާ ޓްރެކެއް

ތ. ވޭމަންޑޫގައި ފަތާ ޓްރެކެއް ގާއިމުކޮށް، ބޭނުން ކުރަން ފަށައިފިއެވެ.

ވޭމަންޑޫގައި ގާއިމުކުރި ފަތާ ޓްރެކަކީ ޗައިނާ ސަރުކާރުން ހަދިޔާކުރި ފަތާ ޓްރެކެކެވެ.

ވޭމަންޑޫއަށް ޗައިނާއިން ފަތާ ޓްރެކެއް ހަދިޔާކޮށްދެއްވާފައި ވާތީ، ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ މެންބަރު، ޢަބުދުﷲ ރިޔާޒް ވަނީ އެކަން ފާހަގަކޮށް، ވަނީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރަށާއި، ޗައިނާގެ ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެވެ.

މީގެއިތުރުން ރިޔާޒް ވަނީ ވޭމަންޑޫ ކައުންސިލަށާއި، ރައްޔިތުންނަށް މަރުހަބާ ކިޔާފަ އެވެ.

ޗައިނާއިން ރާއްޖޭގެ އެކި ރަށްތަކަށް ފަތާ ޓްރެކް ހަދިޔާ ކުރަމުންދާއިރު، ދާދިފަހުން ވަނީ ޗައިނާއިން ތ. ތިމަރަފުއްޓަށް ހަދިޔާކުރި ފަތާ ޓްރެކް ގާއިމްކޮށް ބޭނުން ކުރާން ފަށާފައެވެ.

ޗައިނާއަކީ ގިނަ ރޮނގުތަކަކުން ރާއްޖެއަށް އެހީ ވަމުން އަންނަ ގައުމެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top