Close

ގަން-މުކުރިމަގު ބަނދަރު ފުންކޮށް ނިމިއްޖެ

ލ. ގަމު މުކުރިމަގުގެ ބަނދަރު އިތުރަށް ފުން ކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ނިންމާލައިފައިވަނީ ހޯމަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 5،454 ކުއިބިކް މީޓަރުގެ ސަރަހައްދުގެ ވަންނަ ނެރު ވަނީ އަލުން ފުން ކޮށްފައެވެ. އަދި 1.938 ކިއުބިކް މީޓަރު ސަރަހައްދެއްގެ ހާބަރ ބޭސިން އަލުން ފުން ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެމްޓީސީސީން މި މަސައްކަތް ނިންމާލައިފައިވަނީ ތާވަލު ކޮށްފައިވާ ދުވަހަށް ވުރެ މާކުރިންނެވެ. އެ ކުންފުނިން އަންނަނީ އެހެން މަޝްރޫއުތައް ވެސް މި ހަލުވި މިނުގައި ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top