Close

އައްޑޫ މީދޫ އާއި ހުޅުދޫގެ މަޝްރޫއުތައް އަލުން ފަށައިފި

އައްޑޫ ސިޓީ މީދޫ އާއި ހުޅުދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ކުރިއަށްގެންދިޔަ މަޝްރޫއުތައް މަޑުޖެހިފައި އޮތުމަށްފަހުއަލުން ފަށައިފިއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތް މެދުކަނޑާލީ ސައިޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކޯވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

އެމްޓީސީސީން މިވަގުތު މީދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ވަނީ މިއަދު އަލުން ފަށައިފައެވެ. 35.4 މިލިއަންރުފިޔާގެ މި މަޝްރޫއު މި މަހުގެ 25 ގައި ނިމޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފައެވެ.

މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް މި މަހު ފަށާނެއެވެ.

ހުޅުދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މަގަތު ފާލަން ހެދުމުގެ މަސައްކަތް  އަންނަ މަހު ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. އަދިހުޅުދޫގެ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް މި މަހު ނިމޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 65.1 މިލިއަން ރުފިޔާގެމަޝްރޫއެކެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް މުދާ ބޭލުމުގައި ހުރި ދަތިތަކުގެ ސަބަބުން ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެމަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން، މިހާރުވެސް 47 މަޝްރޫއެއްގެ މަސައްކަތްކުރިއަށް އެބަދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top