Close

ކަރަންޓީންނުވެ ކެމްޕޭނަށް ދެވޭގޮތައް ހެދި އުސޫލު އުވާލައިފި 

ކަރަންޓީންނުވެ ކެމްޕޭނަށް ރަށްރަށަށް ދެވޭގޮތައް ހެދި އުސޫލު އެޗްޕީއޭ އިން އުވާލައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމާފައިވާ ކަމަށެވެ.

ކަރަންޓީންނުވެ ކެމްޕޭން ޓީމްތަކަށް ދަތުރުކުރެވޭ ގޮތައް އެޗްޕީއޭގެ އުސޫލު ބަދަލުކޮށް އެއުސޫލު ރޭ އާއްމުކުރުމާއިއެކު ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި އުސޫލުގައި ބުނެފައި އޮތީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތްރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.

72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރް ޓެސްޓުގެ ނައްސި ނަތީޖާ އޮވެގެން ރަށްތަކަށް ދަތުރުކުރެވޭގޮތައް އޮތްނަމަވެސް ރަށްތަކަށް ގޮސް ކެމްޕޭން ބައްދަލުވުންތައް ބާއްވަން ވެސް އެޗްޕީއޭ އިން އާއްމުކުރި އުސޫލުގައި ހުރަހެއް ނެތެވެ.

ކަރަންޓީންނުވެ ކެމްޕޭނަށް ދެވޭގޮތައް ހެދި އުސޫލު އުވާލުމަށްފަހު ދެން ކެމްޕޭން ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެޗްޕީއޭ އިން ވެސް އިލެކްޝަންސް ކޮމިޝަނުން ވެސް ވަކިއެއްޗެއް ނުބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top