Close

އައްޑޫ ފޭދޫގައި ހިނގި ގްރޫޕް މާރާމާރިއާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި 

ފުލުހަކު މަގުމަތީ މަޑުކޮށްލައިގެން 
ފުލުހަކު މަގުމަތީ މަޑުކޮށްލައިގެން 

ހުކުރު ވިލޭރޭ އައްޑޫގައި ހަތް މީހަކު ޒަހަމްކޮށްލި ގްރޫޕް މަރާމާރީއާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފޭދޫގެ ދެގްރޫޕެއްގެ ދެމެދުގައި ހިނގި ގްރޫޕް މަރާމާރީ އާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ ހައްޔަރު ކޮށްފައި ވަނީ 21، 32، 20، 21 އަދި 18 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

މިމައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފޭދޫގައި ހިންގި މާރާމާރީ އާއި ގުޅިގެން އަނިޔާވި ހަތް މީހުންނަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ހުކުރުވިލޭރޭ ހިތަދޫގައި ވެސް މާރާމާރީއެއް ހިންގިއެވެ. އެމާރާރީ އާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top