Close

އައްޑޫ މޮނީޓަރިން ހާލަތު އުވާލައިފި

ކޮވިޑް-19 އަށް ބަޔަކު ފައްސިވުމާއި ގުޅިގެން މޮނީޓާރިންގއަށް ލާފައި އޮތް އައްޑޫ ސިޓީ މޮނީޓަރިންގ ހާލަތުން ނަގައިފިއެވެ.

އައްޑޫ މޮނީޓަރިންގ ހާލަތަށްލީ ކަރަންޓީންގައި ނެތް ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ ސިޓީ މޮނީޓަރިންގއަށް ލީ ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ.

އޭގެ ފަހުން އައްޑޫން ކޮވިޑަށް ގިނަ ބަޔަކު އައީ ފައްސިވިއެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން ޖުމްލަ 57 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަދި މީގެ އިތުރުން، އެރަށާއި ވަކިން އޮންނަ ހުޅުމީދޫން 35 މީހަކު ފައްސިވިއެވެ. މިއާއެކު ޖުމްލަ އައްޑޫން ފައްސިވި މީހުންގެ އަދަދު ވަނީ 92 އަށް އަރާފައެވެ.

އެ ސިޓީގެ މޮނީޓަރިންގ ހާލަތު އުވާލީ މިރޭ 21:16 ގައެވެ. އެޗްޕީއޭ އިން ވަނީ މޮނީޓަރިންގ ހާލަތު އުވާލިކަން އަންގާ ލިޔުން ފޮނުވާފައެވެ.

އައްޑޫން އެންމެ ފަހުން މީހަކު ކޮވިޑަށް ފައްސިވީ މިމަހުގެ 04 ވަނަ ދުވަހު އެވެ. މިހާތަނަށް އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ ހަމީހެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top