Close

ވޯޓުލާން ގޮސް ތިލަފަތް ހޯދާ، އެއީ އެމްޑީޕީގެ ކެންޑިޑޭޓުން: ސިއްޕެ

ވޯޓުލާން ގޮސް ތިލަފަތް ވޯޓު ދިނުމަށާއި، ވޯޓު ކަރުދާހުގައި ނަމާދިމާލުގައި ތިލަފަތް އޮންނަ ކޮންމެ ކެންޑިޑޭޓަކީ، އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް(ސިއްޕެ) އެމްޑީޕީގެ މެންބަރުން ކިބައިން އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު ސިއްޕެ މިހެން ވިދާޅުވީ، ތިމަރަފުށީ ''ރަށްވެހި ފަތިސް'' ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިއްޕެ ވިދާޅުވީ، އެމްޑީޕީގެ ހަޔާތުގައި މިހިސާބަށް އާދެވުނުއިރު ކުރެވުނު މަސައްކަތަކުން ފަރިތަވެފައިވާ އޮތްކަމެއް ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ވަރަށް ފަސޭހަކަމެއް އެއްކަމެއް އެބައޮތް ކަމަށެވެ.

މިފަހަރު ވޯޓުލާން ގޮސް ވޯޓު ކަރުދާހުން ނަން ހޯދާކަށް ބޭނުން ނުވާނެކަމަށާއި، ލިޔެފައޮތް އެއްޗެއް ހޯދާން ބޭނުމެއް ނުވޭކަމަށް ސިއްޕެ ވިދާޅުވިއެވެ.

'' އަތަށް ކަރުދާސް ކޮޅު ލިބުނީމަ އަރިމަތީގައި އިންނަ ތިލަފަތް އަޅުގަނޑުމެންނަށް ފެނޭ، ތިލަފަތުގައި ވޯޓު ޖައްސަވަން އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ'' ސިއްޕެ ވިދާޅުވިއެވެ.

ސިއްޕެ ވިދާޅުވީ، އެމްޑީޕީގެ ލޯގޯ، ތިލަފަތް އެ ޕާޓީއަށް ނިސްބަތްވާ މެންވަރެއްގެ ނަމާދިމާގައި ނޫނީ ނީންނާނެ ކަމަށެވެ.

''ނީންނާނެ މި ޕާޓީ ނޫންމީހެއްގެ، ހަނދުމަފުޅު ކުރަށްވާތި މި ޕާޓީ ބޭފުޅެއް ނޫންގޮތަށް މި ޕާޓީން އެދޭ އެދުމެއް ނޫންގޮތަކަށް ކެނޑިޑޭޓެއް ނުހުންނަވާނެ އަރިމަތީގައި ތިލަފަތް ނެތިއެއް، ތިލަފަތް އިނިއްޔާ އެއީ މިޕާޓީ މެންބަރެއް ބޭނުންވާގޮތް އަދި އަޅުގަނޑުމެން އެންމެން ބޭނުންވާގޮތް، އޭނާ އުޅުންތަނެއް، އޭނާ ކުރިކަމެއް، އޭނާ އުޅުން ޒަމާނެއް ބޭނުމެއްނޫން މިހާރަކު، މިހާރަކު ބޭނުންވަނީ އޭނާއެއީ އަޅުގަނޑުމެންގެ މީހެއްގެ ގޮތުގައިވާތީ އޭނާ ހޮވަން، ތިލަފަތް އަރިމަތީގައި އިނިއްޔާ އެއީ އަޅުގަނޑުމެންގެ ކެނޑިޑޭޓެއް، ރަށުކައުންސިލް ވިޔަސް އަތޮޅު ކައުންސިލް ވިޔަސް އެކަން ތިޔަބޭފުޅުން ހަނދާން ނައްތާނުލައްވާތި،'' ސިއްޕެ ވިދާޅުވިއެވެ.

ސިއްޕެ ވިދާޅުވީ، ބޭނުންވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުލުން ކަމަށެވެ. އަދި މުޅިރާއްޖޭގެ ރަށްތަކުން ތިލަފަތަށް ބޮޑު މެޖޯރިޓީއެއް ފެންނަން ބޭނުންވާ ކަމަށް ވެސް ސިއްޕެ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top