Close

އެވާގިވެން އާއިއެކު އައްޑޫގެ ކަނޑުއޮޅިތައް ގުޅުވާލުމުގެ ވިސްނުން! 

ދާދިފަހުން ސުއޭޒް ކެނަލްގައި ބީހުނު ކޮންޓޭނާ ބޯޓު އެވާގިވެން އައްޑޫގެ ދެކަނޑުއޮޅިއެއްގައި ބާއްވައިފިނަމަ އައްޑުއާއި ވަކިން އޮތް ހުޅުދޫ މީދޫ އެއްފަސްކޮށް އޮތް ރަށްތަކާއި ގުޅުވާލެވިދާނެކަމުގެ ވިސްނުން އިޔާޒް ނަސީމް ފާޅުކުރައްވައިފިއެވެ.

އެވާގިވެން އައްޑޫގެ ދެކަނޑުއޮޅިއަކާއި އަދި މީދޫ ބަނދަރުގައި "ބޭއްވުމަށް ފަހު" ބަލާލާއިރު އޮންނާނެ ގޮތް ސިފަވާ ގޮތައް ތިން ފޮޓޯއެއް އިޔާޒް ވަނީ ފޭސްބުކްގައި އާއްމު ކުރައްވާފައެވެ.

އެއީ ހުޅުދޫމީދޫ މެދުބަނދަރުގައި އެވާގިވެން އޮންނަ ފޮޓޯއަކާއި ކަނޑިހެރާ އާއި މީދޫ ފަރުކޮޅާއި ދެމެދުގައި އެވާގިވެން އޮންނައިރު ފޮޓޯއަކާއި އަދި ކަނޑިހެރާ އާއި ހިތަދޫ ފަރުކޮޅާއި ދެމެދު އެވާގިވެން އޮތް ފޮޓޯއެކެވެ.

އިޔާޒް ވިދާޅުވީ މިތަސްވީރުތަކަށް ނަޒަރު ހިންގާލުމުން ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު ބްރިޖެއް އެޅުމުގައި ބުރިޖު ކުރަން ޖެހޭ ދެކަނޑުއޮޅީގެ މިންތައް ސާފުވާނެ ކަމަށެވެ.

Hulhudhoo-Meedhoo medhuban'dharugai Ever Given boatu, adhi Kan'dihera aai Meedhoo farukolhaa dhemedhugai Ever Given...

Posted by Iyaz J Naseem on Monday, April 5, 2021

އެވާގިވެން އަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓޭނާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ. އެބޯޓުގެ ދިގުމިނުގައި 1300 ފޫޓް ހުރެއެވެ. އެހެންކަމުން އެއީ މާލެ އާއި ހުޅުލެއާއި ދެމެދު އަޅާފައި އޮތް ސިނަމާލެ ބުރިޖަށްވުރެ ކުރު ދުރުމިނެކެވެ. ސިނަމާލެ ބުރިޖުގައި 4500 ވަރަކަށް ފޫޓް ހުރެއެވެ.

ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެވައުދު ފުއްދުމަށް އަދި މިހާތަނަށް އެއްވެސް އަމަލީ މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top