Close

މީދޫގައި އަޅާ މިސްކިތުގެ ކުރެހުން ފައިނަލްކޮށް ފިނޭންސަށް ފޮނުވަން ތައްޔާރުވެއްޖެ

އައްޑޫ ސިޓީ ގެ މީދޫ ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ކުރެހުން ފައިނަލް ކުރުމަށްފަހު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މީދޫގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ މި މިސްކިތް ހަދަން ޕްލޭން ކުރެވިފައިވާ 700 މީހުންގެ ޖާގައަށް ކަމަށެވެ. އަދި ކުރެހުންތައް ފައިނަލް ކުރެވިފައިވާ ކަމަށާޢި މިހަފްތާ ތެރޭގައި މި ޕްރޮޖެކްޓާއި ގުޅޭ ކަންކަން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މީދޫގައި މިސްކިތެއް އަޅާއިރު ހުޅުދޫގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ޢިމާރާތްކުރުމަށް ދާދިފަހުން އައްޑޫ ކައުންސިލުން ވަނީ 10،000 އަކަފޫޓުގެ ބިމެއް އަމިއްލަ ފަރާތަކަށް ދޫކުރުމަށް ނިންމާފައެވެ.

މީގެ އިތުރުން ސަރުކާރުން ތަރައްގީ ކުރުމުގެ މަޝްރޫޢުތައް ހިންގަމުން ދާއިރު އައްޑޫ ސިޓީ މީދޫ ގައި ވެސް ވަނީ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

އައްޑޫ ސިޓީ މީދޫ އާއި ހުޅުދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ކުރިއަށްގެންދިޔަ މަޝްރޫއުތައް މަޑުޖެހިފައި އޮތުމަށްފަހު މިހާރު ވަނީ ފަށާފައެވެ. އެގޮތުން 35.4 މިލިއަންރުފިޔާގެ އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 25 ގައި ނިމޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފައިވެއެވެ.

އަދި 65.1 މިލިއަން ރުފިޔާގެ  ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހުޅުދޫގެ ދަށުން މަގަތު ފާލަން ހެދުމުގެ މަސައްކަތް ފަށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނައިރު ހުޅުދޫގެ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް މާރޗް މަހު ނިމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މީގެ އިތުިރުން އައްޑޫ ސިޓީގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް މުދާ ބޭލުމުގައި ހުރި ދަތިތަކުގެ ސަބަބުން ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެމަސައްކަތްވެސް އެމްޓީސީސީއާއި ހަވާލުކޮށް މި މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތް މި މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top