Close

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ނިޒާރު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ދެވަނަ ފަހަރަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުން އަންނަނީ ތ. ތިމަރަފުށި/އަސަރީގެ، ހަސަން ނިޒާރު (A251407) އެވެ. މީނާ ހޯދަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.

އޭނާގެ ފޮޓޯ އާއި ވަނަވަރު، ފުލުހުންގެ ވެބްސައިޓުގައާއި ސޯޝަލް މީޑިއާގައި އާންމުކޮށް ފުލުހުން ބުނީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފައެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންއަށް ހާޒިރުވާން އޭނާ އަށް އަންގާފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top