Close

މާރާމާރީގެ މައްސަލައެއްގައި ލ.ގަމު މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި 

 

މާރާމާރީގެ މައްސަލައެއްގެ ތަހްގީގަށް މީހަކު ފުލުހަށް ހާޒިރުވާން އަންގައި ފުލުހުން މިއަދު އިއުލާނެއް ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފުލުހަށް ހާޒިރުވާން ޖެހޭ މީހާ އަކީ ލ.ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އޭނާއަށް ޗިޓް ރައްދުކޮށްދެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހަށް ހާޒިރުވާން ޖެހޭ މީހަކީ ލ.ގަން. ތުނޑި، އިހުރާމުގެ، ޙުސައިން ސުޢޫދު (28އ) އެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށާއި ތަހުގީގަށް ސުވާލުކުރުމަށެވެ.

އޭނާ ހާޒިރުވާން އަންގާފައި ވަނީ ލ.ގަން ޕޮލިސް ސްޓޭޝަނަށް 2021 އޭޕްރިލް 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ޗިޓް ރައްދު ނުކުރެވޭ މީހުން ފުލުހަށް ހާޒިރުވާން އަންގައި އިއުލާން ކުރުމަކީ އާއްމު ކަމެކެވެ. އިއްޔެ ވެސް ފުލުހުންގެ ތަހްގީގަށް ހާޒިރުވާން އަންގައި މީހެއްގެ މައުލޫމާތު ފުލުހުން އިއުލާން ކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top