Close

ގަމު ދާއިރާ އޮތީ ރައީސް ސޯލިހުގެ ސަރުކާރާއެކު: މެންބަރު ވިސާމް 

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް
ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް

ހައްދުންމަތީ ގަމު ދާއިރާ އޮތީ އެމްޑީޕީ އާއި ރައީސް ސޯލިހުގެ ސަރުކާރާއެކު ކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

މެންބަރު ވިސާމް މިހެން ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ގަމު ދާއިރާގެ ހުރިހާ ގޮނޑިއަކާއި، ލ.އަތޮޅު ކައުންސިލްގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމާއި ގުޅިގެން އުފާފާޅުކުރަން ބޭއްވި އެއްވުމެއްގެ ވީޑިއޯ އާއްމު ކުރައްވާ، ކުރެއްވި ޓްވީޓެއްގައެވެ.

މެންބަރު ވިސާމް ވިދާޅުވީ ގަމު ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބުކުރުމަކީ ރަށަށް ދިރުން ގެނައުމަށް ގަމު ދާއިރާގެ އެތައް ރައްޔިތުންނެއް ހިކުމަތްތެރިކަމާއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ގަމު ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަހްމަދު ޒަކީއެވެ. ކައުންސިލަރުންގެ ގޮތުގައި ހޮވިވަޑައިގަތީ އަބްދުﷲ އާސިފް، އިބްރާހިމް ރަޝީދު، އަބްދުﷲ ޝުއާއު، އައިޝަތު ލީޒާ، މަރިޔަމް ސުއައިދާ އަދި މަރިޔަމް ނީނާއެވެ.

ކައުންސިލްގެ ރައީސްކަން އެމްޑީޕީގެ ކެންޑިޑޭޓް ކަށަވަރު ކުރައްވާފައި ވަނީ 200 ވަރަކަށް ވޯޓްގެ ތަފާތަކުންނެވެ. ކައުންސިލްގެ އެހެން ގޮނޑިތަކަށް ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ.

އެމްޑީޕީއަށް އަބަދުވެސް ތާއީދު ބޮޑު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ ގަމު ކައުންސިލްގައި މިހާރު ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.`

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top