ސައިންސާއި ޓެކްނޮލޮޖީ އާއި ގުޅޭ ކަންކަން ބަލަހައްޓަމުން އައި މިނިސްޓްރީ އުވާލާ އެމިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަންމަންޓް މިނިސްޓްރީއަށް ބަދަލު ކުރެއްވުމަށް ފަހު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގަމަށް އާމިނަތު ޝައުނާ އަދި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ޑރ ޙުސައިން ރަޝީދު ޙަސަން އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކެބިނެޓުގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވާފައިވަނީ މިކަމަށްޓަކައި މިއަަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ފިޝަރީޒް މިނިސްޓަރުގ މަޤާމަށް ޢައްޔަނު ކުރެވުމާއި ޖެހެންދެން ޑރ.ޙުސައިން ރަޝީދު ޙަސަން ދިޔައީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓްގެ މަޤާމު ފުރުއްވަމުންނެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، އާމިނަތު ޝައުނާ ޢައްޔަން ކުރެވުމާއި ހަމައަށް އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމެވެ.






