Close

ލ.މާމެންދޫ އާއި އިތުރު ތިން ރަށެއްގެ ކުނިކޮށި އަޕްގްރޭޑް ކުރަނީ

ލ.މާމެންދޫ
ލ.މާމެންދޫ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މެދުވެރިކޮށް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.ސީ.އީ.ޕީ) ދަށުން، ޒޯން 4 އަދި 5 ގައި ހިމެނޭ  ހަތަރު ރަށުގައި ޤާއިމުކުރެވިފައިވާ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެހަތަރު ރަށަކީ ތ.ވަންދޫ، ދ. ރިނބުދޫ، ފ.މަގޫދޫ އަދި ލ. މާމެންދޫއެވެ، މިހަތަރު ރަށުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މިމަސައްކަތުގެ ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވަން ޖެހޭނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ 23 މެއި 2021 ގެ 14:00 ގެ ނިޔަލަށެވެ. މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25،000.00 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ.

މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 09 މެއި 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުމަށް މިނިސްޓްރީން އެދެއެވެ.

ބީލަންތައް ހުޅުވުން އޮންނާނީ 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top