2021 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ގައުމީ ޔުނިވަސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 30 މެއި 2021 ވާ އާދީއްތަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 5 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް ހުޅުވާލައިފިއެވެ.
މި ކޯސްތަކާ ބެހޭ މަޢުލޫމާތު އެމްއެންޔޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް ގައިވާ ޕޯރޓަލް މެދުވެރިކޮށް ކަމަށް އެމްއެންޔޫ އިން ބުނެއެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެމްއެންޔޫ އިން ބުނެއެވެ.
އެމްއެންޔޫ އިން ކުރިއަށްގެންދާ ކޯސްތަކުގެ ޝަރުތުތައް
އެމްއެންޔޫގެ ކެމްޕަސްތައް ލ.އަތޮޅު ގަމާއި، އައްޑޫ ސިޓީ ހިތަދުއާއި ގދ.ތިނަދޫގައި ވެސް ހުރެއެވެ. މިކެމްޕަސްތަކުގައި ކުރިއަށް ގެންދާ ގޯސްތަކަށް ވެސް މިހާރު އޮންލައިންކޮށް ކުރިމަތިލެވޭނެއެވެ.
އެމްއެންޔޫ އިން 107 ކޯހެއް ހިންގައެވެ. އޭގެތެރޭގައި ސެޓްފިކެޓް ލެވަލް އިން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ކިޔަވައިދޭ ކޯސްތައް ހިމެނެއެވެ.






