މިއަދު ފާހަގަކުރާ އީދު ދުވަހާއި ގުޅިގެން މުވާސަލާތީ ކުންފުނި އުރީދޫ އިން މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއު) އާ ގުޅިގެން ރާއްޖޭގަ އުޅޭ ބިދޭސީންނަށް މީލް ޕެކް ބަހައިފިއެވެ.
މިގޮތުން އުރީދޫ އިން ބުނިގޮތުގައި އެ ކުންފުނިން އެމްްއެމްޑަބްލިއުއާ ގުޅިގެން 100 މީލް ޕެކް މިއަދު ބަހާފަ ވެއެވެ.
އުރިދޫއާއި އެމްއެމްޑަބްލިއުއާ ގުޅިގެން މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ވަނީ މީލް ޕެކުތައް ބިދޭސީ މަސައްކަތްތެރިންނަށް ބަހައިފައެވެ. މިހަރަކާތުގެ ދަށުން އެ ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކު ރޯދަ ވީއްލުން ބެހިއެވެ.
In the spirit of Eid, we partnered with @mmwmaldives to share 100 Meal Packs with the expat community. We hope everyone is staying safe and having a blessed Eid-al-Fitr.#StayHome #StaySafe #StayConnected pic.twitter.com/IwerzMLHqR
— Ooredoo Maldives (@OoredooMaldives) May 13, 2021
އޫރިދޫއިން ބުނީ މިކަމުގައި އެހީތެރިވި އެންމެހައި ފަރާތްތަކަށް އެކުންފުނީގެ ނަމުގައި ޝުކުރު ދަންނަވާކަަށެވެ.






