ބޮޑު ހިޔާނާތުގެ ލިސްޓްގައި ހިމެނީ އަބުރު ކަތިލަން ކަމަށް ކުރީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުﷲ އަހްމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
އަބުޅޯ މިހެން ވިދާޅުވީ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީގެ ރިޕޯޓާއެކު ހިޔާނާތުގެ ލިސްޓް އާންމުކުރިފަހުން ކުރަށްވާފަވާ ޓްވީޓެއްގަ އެވެ.
އަބުޅޯ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުން އެއްވެސް ގޮތަކުން އެއްވެސް މިންވަރަކަން މަންފާއެއް ލިބިފައި ނުވާކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ދޭކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދާ ހަމައަށް އައި އިރު ތަހުޤީޤީ އެއްވެސް އިދާރާއަަކަން ހާޒިރުކޮށް ސުވާލުކޮށްފައި ނުވާކަމަށާއި، ލިސްޓްގައި ނަންހިމަނައި “އިންފޮމޭޝަން ކަލެކްޝަން” ކުރަނީކަމަށް ބުނެ ދޮގު މަޢުލޫމާތު ހާމަ ކުރުމަކީ ބޮޑުއޮޅުވާ ލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ޒިންމާދާރުކަން ކުޑަކަމެއްކަމަށާއި، މިއީ އޭނާގެ އަބުރުކަތިލަން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ގޮތަކަށް ކަންތައް ކުރި ނަމަވެސް ފަހަށް ނުޖެހި، ސިޔާސީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
“އިންފޮމޭޝަން ކަލެކްޝަން” ކުރަނީކަމަށް ބުނެ ދޮގު މަޢުލޫމާތު ހާމަ ކުރުމަކީ ބޮޑުއޮޅުވާ ލުމެއް.! ޒިންމާދާރުކަން ކުޑަކަމެއް.! މިއީ އަޅުގަނޑުގެ އަބުރުކަތިލަން ކޮށްފައިވާ ކަމެއް.! ފަހަތަކަން ނުޖެހޭނަން.
— Abdulla Ahmed 🇲🇻🤝🇵🇸 (@AblhoMP) May 12, 2021
އަބުޅޯގެ އިތުރުން އެ ލިސްޓްގައި ހިމެނޭ ގިނަ ބަޔަކު ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ.






